ފުލުހުންގެ ޚިދުމަތަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން ތަހުލީލު މަރުހަލާ ނިމިފައިވާ މައްސަލަތަކާއި، ޑްރަގް އެންފޯސްމަންޓާއި، ޓޫރިސްޓު ޕޮލިހާއި، ހުޅުމާލެ ޕޮލިހުގެ ބެލުމުގެ ދަށަށް ތުހުމަތުކުރެވޭ ފަރާތެއް ނެތްގޮތަށް ގެނެވިފައިވާ ބަނގުރާ ދޫނިދޫގައި ވަނީ ނައްތާލާފައެވެ.
މިއަދު ނައްތާލި ތަކެތީގެ ތެރޭގައި 21 އިންސިޑެންޓަކާއި 15 މައްސަލައެއްގައި ހިމެނޭ 96 ބްރޭންޑެޑް ފުޅިއާއި، 181 ޕެޓް ފުޅީގެ ބަނގުރަލުގެ އިތުރުން 10 ދަޅު ބަނގުރަލާއި، ދަބަހާއި ފޮށި ފަދަ 58 އެހެނިހެން އައިޓަމް ހިމެނެއެވެ.
މި ތަކެތި ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތައިލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން، އެކަމަށްޓަކައި އެކުލަވައިލެވުނު ކޮމެޓީގެ ސީދާ ބެލުމުގެ ދަށުންނެވެ.




