މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދިވެހި ދަރިވަރުންނަށާއި ދަސްވެނިންނަށް އަމަލީ ތަޖުރިބާ ހޯދައިދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ އިންޓާންޝިޕް ޕްރޮގްރާމުގައި ބައިވެރިވުމަށް 10 ފުރުސަތު ވަނީ ހުޅުވާލާފައެވެ.
އޯލެވެލް، އޭލެވެލް، ޑިގްރީ އަދި މާސްޓާޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ހުޅުވާލާފައިވާ މި ޕްރޮގްރާމް 2 ހަފުތާއާއި 1 އަހަރާ ދެމެދުގެ މުއްދަތަކަށް ކުރިއަށްދާއިރު، މަސައްކަތު ގަޑިއަކީ ރަސްމީ ދުވަސްތަކުގެ ހެނދުނު 8:00 އިން މެންދުރުފަހު 3:00 އަށެވެ. މި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކުގެ ތައުލީމީ ފެންވަރަށް ބަލައި އެލަވަންސް ދިނުމަށް ހަމަޖެހިފައިވާއިރު، އޯލެވެލް އަދި އޭލެވެލް ހަދާފައިވާ ފަރާތްތަކަށް 8،000 ރުފިޔާ، ޑިގްރީ ހާސިލުކޮށްފައިވާ ފަރާތްތަކަށް 9،000 ރުފިޔާ އަދި މާސްޓާޒް ހަދާފައިވާ ފަރާތްތަކަށް 10،000 ރުފިޔާ ލިބޭނެއެވެ.
.
Applications are now open for the MMA Internship Programme!
Students and recent graduates are invited to gain valuable hands-on experience at the Maldives Monetary Authority across a range of professional fields.
Apply through https://t.co/dy5Syrsb25 or scan the QR code.… pic.twitter.com/xXOKrHmsjo
— MMA (@MMA_Maldives) August 5, 2026
ދާއިރާތަކާއި ކުރިމަތިލުމުގެ ސުންގަޑި
މި އިންޓާންޝިޕުގެ ދަށުން އިކޮނޮމިކްސް، އައިޓީ، މީޑިއާ އެންޑް ކޮމިއުނިކޭޝަން، ލީގަލް، ބޭންކިން، އެކައުންޓިން އަދި އެޑްމިނިސްޓްރޭޝަން ފަދަ ތަފާތު ދާއިރާތަކުން ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ޕްރޮގްރާމަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 13 ވަނަ ދުވަސް ކަމަށްވާއިރު، ފޯމު ހުށަހަޅަންޖެހެނީ ސަރުކާރުގެ ކެރިއަރ ޕޯޓަލް (careers.gov.mv) މެދުވެރިކޮށެވެ. ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި ސީވީއާއި ތައުލީމީ ސެޓުފިކެޓުތަކުގެ އިތުރުން 18 އަހަރު ނުފުރޭ ކުދިންނަށް ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން ހިމެނެއެވެ. އިންޓާންޝިޕަށް މީހުން ހޮވުމުގައި މާލީ ދާއިރާއަށް ހުރި ޝައުގުވެރިކަމާއި، ލީޑަރޝިޕް ހުނަރާއި މުއާމަލާތް ކުރުމުގެ ގާބިލުކަމަށް ބަލާނެއެވެ.



