ނ. ޅޮހީގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ޕޮލިސް ޕޯސްޓް އިމާރާތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ހާމަކޮށްފިއެވެ. އެގޮތުން މިހާރު ކުރިއަށްދަނީ އިމާރާތުގެ ފުޓިންގް އަދި ކޮލަމްތަކުގެ ކޮންކްރީޓް އެޅުމުގެ (ކާސްޓިންގް) މުހިންމު މަސައްކަތްތަކެވެ.
މި މަޝްރޫޢަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ފުޅާކޮށް، ސުލްހަމަސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ހާއްސަ ސިޔާސަތުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ. އަމާޒަކީ ޅޮހީގައި އެކަށީގެންވާ ޒަމާނީ ވަސީލަތްތަކާއެކު ފުލުހުންގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމެވެ.
Project Update: Development of N. Lhohi Police Post
Casting, column and footing works are ongoing.
Follow more updates at: https://t.co/SfVAzkW2pp #MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC pic.twitter.com/DhHQUbPGDm
— MTCC Plc (@MTCCPlc) August 5, 2026
ދައުލަތުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ޖުމްލަ 4.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ އަމަލީ މަސައްކަތްތައް މިއަހަރުގެ ފަހުކޮޅަށް އެއްކޮށް ނިންމައި، އިމާރާތް ބޭނުންކުރަން ފެށުމަށް ވަނީ އަމާޒުހިފާފައެވެ.
އައު އިމާރާތުގެ މަސައްކަތް ނިމުމުން، ރަށުގެ އިޖުތިމާއީ ރައްކާތެރިކަން އިތުރަށް ހަރުދަނާވެ، ކުށް މަދުކުރުމަށާއި އާންމު އިޖުތިމާއީ މިންގަނޑުތައް ހިފެހެއްޓުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ބޮޑު އިނާޔަތެއް ލިބިގެންދާނެއެވެ. އަދި ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށް ފުލުހުން ގެންގުޅޭ "ނެއިބަހުޑް ޕޮލިސިންގް" މޮޑެލް އިތުރަށް ހަރުދަނާވެގެންދާނެއެވެ.




