ތިލަފުށީގައި ގާއިމުކުރާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސައިޓުގައި 100 މީޓަރުގެ ކީވޯލް (ފާލަން/ޖެޓީ) ތަރައްގީކުރުމާއި، އެ ސަރަހައްދުގައި ގަލާއި ޕޭވްމަންޓް އެޅުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.
މި މަޝްރޫއުގެ ތެރެއިން މިހާރު ކުރިއަށްދަނީ ފާލަން ވަރުގަދަކުރުމުގެ ގޮތުން ޖަހާ ޝީޓް ޕައިލިންގްގެ މަސައްކަތްތަކާއި، ބިން އެއްވަރުކޮށް ކޮމްޕެކްޓް ކުރުމުގެ އިތުރުން ސައިޓުން އިތުރުވާ ވެލި ސާފުކޮށް ނެގުމުގެ އަމަލީ މަސައްކަތްތަކެވެ.
Project Update: Design and Construction of 100m quay wall and paving works at K. Thilafushi MPL site
Sheet pile installation, compaction and removal of excess sand are ongoing.
Follow more updates at: https://t.co/SfVAzkVuzR#MTCCProjects #TeamMTCC #RayyithungeKunfuni… pic.twitter.com/QtO9gbWhrk
— MTCC Plc (@MTCCPlc) August 2, 2026
މި މަޝްރޫއަކީ މާލޭގެ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދީ، ރާއްޖޭގެ ކާގޯ އޮޕަރޭޝަންތައް ޒަމާނީ ފެންވަރަކަށް ބަދަލުކުރުމަށް އެމްޕީއެލްއިން ކުރިއަށްގެންދާ މާސްޓާ ޕްލޭންގެ ދަށުން ހިންގޭ ވަރަށް މުހިންމު މަޝްރޫއެކެވެ.
ތިލަފުށީގައި ގާއިމުކުރެވޭ އާ ކާގޯ ޕޯޓާއެކު، ބައިނަލްއަގުވާމީ ބޮޑެތި މުދާ އުފުލާ ބޯޓުފަހަރަށް ފަސޭހަކަމާއެކު ޚިދުމަތް ދެވި، މުދާ ބޭލުމުގެ ކަންކަން މިހާރަށްވުރެ އަވަސްވެގެންދާނެއެވެ.
އައު ކީވޯލްއާއި ޕޭވިންގް މަސައްކަތްތައް ނިމުމުން، ހަރުދަނާ ޒަމާނީ ވަސީލަތްތަކާއެކު ކޮންޓޭނާ އުފުލުމާއި ރައްކާކުރުމުގެ ޖާގަ ބޮޑުތަނުން އިތުރުވެގެންދާނެއެވެ.
މީގެއިތުރުން، މާލޭގެ މައި ބަނދަރަށް އޮތް ބާރުކުޑަވެ، ވިޔަފާރިވެރިންނަށް މުދާ ނެރުމުގައި ދިމާވާ ދަތިތަކަށް ބޮޑު ލުޔެއް ލިބި، ރާއްޖޭގެ އިގްތިސާދީ އަދި ލޮޖިސްޓިކްސް ދާއިރާއަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް ބެލެވެއެވެ.




