އިންޑިއާގައި ކުރިއަށްދިޔަ "ކޮކްރޯޗް" މުޒާހަރާތަކުގެ ތެރޭގައި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ހަޑިއުތުރު ބަހުން އެއްޗެހި ކިޔައި ވަރުގަދައަށް ފާޑުކީ ދަރިވަރުންނަށް މާފުކުރައްވައިފި ކަމަށް މޯދީ ވިދާޅުވެއްޖެއެވެ.
މޯދީ މިހެން ވިދާޅުވީ ދަރިވަރުން ކުރިއަށްގެންދިޔަ އިހުތިޖާޖުތަކާއި މުޒާހަރާތަކުގައި އޭނާއަށް އަމާޒުކޮށް އަޑުއުފުލި ދަރިވަރުންގެ އަމަލުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.
ބޮޑުވަޒީރު މޯދީ ވިދާޅުވީ، ޒުވާން ދަރިވަރުންގެ އިހުސާސްތަކާއި ނުރުހުން ފާޅުކުރުމުގެ ގޮތުން ކުރެވޭ ކަންކަމާމެދު އޭނާ ހިތްބުރަ ނުކުރައްވާ ކަމަށެވެ. އަދި ގައުމުގެ މުސްތަގުބަލަކީ އެ ދަރިވަރުން ކަމަށްވާތީ، އެ މީހުންނަށް މާފުކޮށް، ކުރިއަށް ދިއުމުގެ ފުރުސަތު ދޭންޖެހޭ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
"ޒުވާނުންނަކީ ގައުމުގެ އުއްމީދު. މުޒާހަރާތަކުގެ ތެރޭގައި އެ ދަރިވަރުން އަހަރެންނަށް ނިސްބަތްކޮށް ކޮންމެ އެއްޗެއް ކީކަމުގައި ވިޔަސް، އަހަރެން އެ ދަރިވަރުންނަށް މާފުކޮށްފިން. އަހަރެމެންގެ އަމާޒަކީ އެ މީހުންގެ މުސްތަގުބަލު ބައްޓަންކުރުން." އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
"ކޮކްރޯޗް" މުޒާހަރާތަކަކީ ދަރިވަރުންނާއި ޒުވާނުންގެ ކަންބޮޑުވުންތަކާ ގުޅިގެން ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ކުރިއަށްގެންދިޔަ އިހުތިޖާޖުތަކެކެވެ. މިއިހުތިޖާޖުތަކުގެ ތެރޭގައި ސަރުކާރުގެ އިސްވެރިންނަށާއި ބޮޑުވަޒީރަށް އަމާޒުކޮށް ވަރުގަދަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.
މޯދީގެ މި ވާހަކަފުޅާއެކު، މުޒާހަރާކުރި ދަރިވަރުންނާއެކު މަޝްވަރާގެ މަގު ހުޅުވާލުމަށް ސަރުކާރުން އެޅި މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބައެއް މާހިރުން ދަނީ މިކަން ސިފަކުރަމުންނެވެ.




