ކ. ތިލަފުށިން ފުރައިގެން ދަތުރުކުރަމުން ދިޔަ ލޭންޑިން ކްރާފްޓެއް ކ. ގާފަރު ކައިރިއަށް އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ދެ މީހުން އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
މި ހާދިސާގެ ރިޕޯޓު ފުލުހުން ފުލުހުންނަށް ލިބިފައި ވަނީ އިއްޔެ ހެނދުނު 08:48 އެހައިކަންހާއިރެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި ގެއްލުނު ދެމީހުން ހޯދަން އެމްއެންޑީއެފް ކޯސްޓް ގާޑުން އަދިވެސް ދަނީ މަސައްކަތްކުރަމުންނެވެ.
ޖުމްލަ 10 މީހުންނާއެކު ދަތުރުކުރި މި އުޅަނދު އަޑިއަށް ދިޔައިރު، އޭގައި ތިބީ ދެ ދިވެހިންނާއި އަށް ބިދޭސީންނެވެ. އޭގެެ ތެރެއިން ގެއްލިގެން ހޯދަމުން ދަނީ ދެ ބިދޭސީން ކަމަށް ފުލުހުން ބުނެއެވެ.
މއަުލޫމާތ ލިބޭ ގޮތުގައި މިހާދިސާގައި ސަލާމަތްވި މީހުންގެ ހާލު ރަނގަޅެވެ. އަދި އެެމީހުން މިވަގުތު ތިބީ ކ. ގާފަރުގައެވެ.
މި ހާދިސާ ހިނގާފައި ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ، ވިއްސާރަ ކުރަމުންދާ ދަނޑިވަޅެއްގައެވެ.




