މ. ދިއްގަރުގައި ކުރިއަށްދާ 75 ހައުސިންގ ޔުނިޓު ޑިޒައިން ކުރުމާއި އިމާރާތްކުރުމުގެ މަޝްރޫޢުގެ ދަށުން، ދެވަނަ ޔުނިޓުގެ ފައުންޑޭޝަން ކޮންކްރީޓް މަސައްކަތްތައް ސައިޓުގައި މިހާރު ކުރިއަށްދާ ކަމަށް އެމްޓީސީސީއިން ހާމަކޮށްފިއެވެ.
މިއީ ދިއްގަރަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ތަދުމަޑުކަމަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ދައުލަތުގެ ޕީއެސްއައިޕީ ބަޖެޓުން 117.9 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ.
Project Update: Design And Build Of 75 Housing Units At M.Dhiggaru
Foundation concrete works for the second unit is currently ongoing at the project site.
Follow more updates at: https://t.co/SfVAzkW2pp#MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC pic.twitter.com/8WP8ujBhRs
— MTCC Plc (@MTCCPlc) July 28, 2026
މި މަޝްރޫޢުގެ ދަށުން އިމާރާތްކުރެވޭ ކޮންމެ ހައުސިންގ ޔުނިޓެއްގައި 1,000 އަކަފޫޓުގެ ޖާގައެއް އޮންނާނެއެވެ. އޭގެ ތެރޭގައި 3 ކޮޓަރި، 3 ފާޚާނާ، ސިޓިންގ ރޫމް، ކެއުމާއި ބަދިގޭގެ ބައިގެ އިތުރުން ލޯންޑްރީއާއި ސްޓޯރޫމެއް ހިމެނެއެވެ. މީގެ އިތުރުން ސަރަޙައްދުގައި ޕާކަކާއި ވެހިކަލް ޕާކުކުރާނެ ޖާގަވެސް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދިއްގަރުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް އިތުރު ލުޔެއް ހޯދައިދިނުމުގެ ގޮތުން އިތުރު 75 ހައުސިންގ ޔުނިޓު އެ ރަށުގައި އިމާރާތްކުރުމަށް ނިންމަވާފައިވާކަންވެސް ކުރިން އިޢުލާނު ކުރައްވާފައެވެ.



