އާޓްސް، ކަލްޗަ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ހުރިހާ އިދާރާތަކެއްގެ މީޑިއާ މަސައްކަތްތައް ބަލަހައްޓާނެ ޕަބްލިކް ރިލޭޝަންސް (ޕީއާރް) ފާމެއް ހޯދުމަށް އެ މިނިސްޓްރީން މިއަދު އިއުލާންކޮށްފިއެވެ. މިނިސްޓްރީން ހާމަކުރި ގޮތުގައި މި ޚިދުމަތް ހޯދުމަށް ބޭނުންވަނީ ދެ އަހަރު ދުވަހުގެ މުއްދަތަށެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި ހިނގާ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅuވާލާފައެވެ.
މި ބީލަމަށް ހުށަހަޅާ ޖުމްލަ އަގު 500,000 ރުފިޔާއަށްވުރެ ބޮޑުވާނަމަ، ބިޑް ސެކިއުރިޓީގެ ގޮތުގައި 5,000 ރުފިޔާ ހުށަހަޅަންޖެހެއެވެ. މީގެ އިތުރުން، ބީލަން ކާމިޔާބުކުރާ ފަރާތަކުން ޕަފޯމަންސް ސެކިއުރިޓީގެ ގޮތުގައި 250,000 ރުފިޔާ ހުށަހަޅަންޖެހޭނެއެވެ. އަދި އަގު އެއަށްވުރެ ބޮޑުވާނަމަ، ރާއްޖޭގެ މާލީ އިދާރާއަކުން ދޫކޮށްފައިވާ ސެކިއުރިޓީ ނުވަތަ ޕަފޯމަންސް ގެރެންޓީއެއް ހުށަހަޅަންޖެހޭނެ ކަމަށް ހެރިޓޭޖް މިނިސްޓްރީން ބުނެއެވެ.
މި ބީލަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކުން procurement@mach.gov.mv އަށް އީމެއިލް ކުރުމުން ނުވަތަ 7660603 ނަންބަރު ފޯނަށް ގުޅުމުން މައުލޫމާތު ލިބޭނެއެވެ.
ހެރިޓޭޖް މިނިސްޓްރީއަށް ޕީއާރް ފާމެއް ހޯދަން މި އިއުލާންކުރީ، ކުރިން މީޑިއާ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ހީނާ ވަލީދު އެ މިނިސްޓްރީގެ މިނިސްޓަރުގެ މަގާމުގައި ހުންނަވަނިކޮށެވެ.



