ހުޅުމާލޭގައި ސައިކަލަކާއި ކާރެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެެވެ.
ފުލުހުން ބުނީ، ހުޅުމާލެ ފޭސް 1 ގެ ނިރޮޅުމަގު، ރުއްގަނޑު 1 ސަރަހައްދުގައި ސައިކަލަކާއި ކާރެއް ޖެހި އެކްސިޑެންޓެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު 2026 ޖުލައި 3 ވަނަ ދުވަހުގެ ރޭ 20:42 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ފުލުހުން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ ނިރޮޅުމަގުން އުތުރުން ދެކުނަށް ދުއްވާފައިދިޔަ ސައިކަލެއް ހުވަނދުމާ ހިނގުމަށް އަޅަން އުޅުމުގެ ތެރޭގައެވެ. ސައިކަލު އަޅަން އުޅުމުގެ ތެރޭގައި އެ ވަގުތު ނިރޮޅުމަގުން ދަތުރުކުރަމުންދިޔަ ކާރުގައި ޖެހި އެކްސިޑެންޓް ވީއެވެ.
މި އެކްސިޑެންޓްގައި ސައިކުލަ ދުއްވަން އިން 36 އަހަރުގެ ދިވެހި އަންހެނަކަށް ކުދި އަނިޔާތަކެއް ލިބިފައިވެއެވެ. މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން ދަނީ ރަސްމީކޮށް ތަހުގީގު ކުރަމުންނެވެ.



