ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން މ. އަތޮޅުގެ ހަތް ރަށެއްގައި ދެމުންދިޔަ ޔުޓިލިޓީ ޚިދުމަތްތައް ސްޓެލްކޯއާ ހަވާލުކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފެނަކައިގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ޢަފީފް ޙުސައިނެވެ. އަދި ސްޓެލްކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ޑރ. ޢަލީ އަޒްވަރެވެ.
މި ކުންފުނިން މ. މުލި، ދިއްގަރު، ކޮޅުފުށި، މަޑުއްވަރި، ނާލާފުށި، ރަތްމަންދޫ އަދި ވޭވަށުގައި ފޯރުކޮށްދެމުންދާ ޔުޓިލިޓީ ޚިދުމަތްތައް ސްޓެލްކޯއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި ކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ މެނޭޖިން ޑިރެކްޓަރ… pic.twitter.com/6EYtdrt5mT
— Fenaka Corporation Ltd (@TeamFenaka) June 21, 2026
މި އެއްބަސްވުމުގެ ދަށުން ފެނަކައިން ސްޓެލްކޯއާ ހަވާލުކޮށްފައިވަނީ މ. މުލި، ދިއްގަރު، ކޮޅުފުށި، މަޑުއްވަރި، ނާލާފުށި، ރަތްމަންދޫ އަދި ވޭވަށުގައި ފޯރުކޮށްދެމުންދާ ޔުޓިލިޓީ ޚިދުމަތްތަކެވެ.
ފެނަކައިން ވަނީ މިދިޔަ އެޕްރީލް މަހުވެސް އެ ކުންފުނިން ތިން އަތޮޅަކަށް ދެމުން ދިޔަ ޚިދުމަތްތައް ދިނުމަށް ސްޓެލްކޯއާ ހަވާލުކޮށްފައެވެ.




