މަގުމަތީ އަގު 1.8 މިލިއަން ދިވެހި ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.
ކަސްޓަމްސްއިން ބުނީ، ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 941 ގްރާމްގެ މަސްތުވާތަކެތި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އަތުލައިގަނެފައިވާ ކަމަށެވެ.
މިތަކެތި އަތުލައިގަނެފައިވަނީ، މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީގެ އަގު 1.8 މިލިޔަނަށްވުރެ ގިނަ ރުފިޔާ އަރާ ކަމަށްވެސް ކަސްޓަމްސްއިން ވިދާޅުވެއެވެ.
މި ފަހަކަށް އައިސް ރާއްޖެއަށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރުން އިތުރުވެފައިވާއިރު، މިފަދަ މައްސަލަތަކުގައި ދިވެހީންނާއި ބިދޭސީން ވެސް ހައްޔަރުކޮށް މައްސަލަތައް ތަހުގީގުކުރަމުންދެއެވެ.




