ފެނަކަ ކޯޕަރޭޝަންގެ ހިންގުމުގެ ޚަރަދުތައް ކުޑަކޮށް، މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި، މުވައްޒަފުންގެ އަދަދު މަދުކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް އެ ކުންފުނިން ފަށައިފިއެވެ.
މި އިސްލާހީ ފިޔަވަޅުގެ ދަށުން، އަމިއްލައަށް ވަޒީފާއިން ވަކިވާން އެދޭ މުވައްޒަފުންނަށް ހަތަރު މަސްދުވަހުގެ މުސާރަ އިނާޔަތުގެ ގޮތުގައި ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ކުންފުނީގެ ޗީފް ކޯޕަރޭޓް އޮފިސަރު އުސައިދު ޙުސައިން ސޮއިކުރައްވައި ނެރުއްވި ދާޚިލީ މެމޯއެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ފުރުސަތު މާދަމާއިން ފެށިގެން މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
މިއީ ކުންފުނީގެ މާލީ ހާލަތު ހަމައަކަށް އަޅުވައި، އިސްރާފު ކުޑަކުރުމަށްޓަކައި ކުރިއަށްގެންދާ މަސައްކަތުގެ ބައެއް ކަމަށް އެ މެމޯގައި ފާހަގަކޮށްފައިވެއެވެ.
މުސާރައިގެ އިނާޔަތާއެކު ވަކިވުމުގެ ފުރުސަތުގެ އިތުރުން، "އާލީ ރިޓަޔާމެންޓް" ނުވަތަ މުއްދަތުގެ ކުރިން ރިޓަޔާވުމުގެ ފުރުސަތުވެސް މިހާރު ވަނީ ހުޅުވާލާފައެވެ. މި ނިންމުމަކީ ކުންފުނީގެ ދިގު މުއްދަތުގެ މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށްޓަކައި އެޅި މުހިންމު




