މާލޭ ޓެކްސީ ލައިންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ޚާއްޞަ މޯބައިލް އެޕްލިކޭޝަނެއް ކަމަށްވާ "މާލޭ ޓެކްސީ" އެޕް މިއަދު ރަސްމީކޮށް އިފުތިތާޙުކޮށްފިއެވެ.
އެމް.ޓީ.ސީ.ސީން "މާލެ ޓެކްސީ"ގެ ނަމުގައި ޓެކްސީގެ ޚިދުމަތް ދޭން ފަށާފައިވަނީ މިދިޔަ މަހުގެ ދެވަނަ ދުވަހުއެވެ. މި ޚިދުމަތް ތަޢާރަފުކޮށް، ފުރަތަމަ ދުވަސްތަކުގައި ހިލޭ ދަތުރުތައް ކޮށްދިނުމަށްފަހު، ރަސްމީކޮށް އަގު ނަގަން ފަށާފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުން ފެށިގެންނެވެ. ޖުމްލަ 150 ކާރާއެކު، އެމް.ޓީ.ސީ.ސީގެ ޓެކްސީ ލައިނުން އަންނަނީ މެދުކެނޑުމެއްނެތި 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދެމުންނެވެ.
އެމް.ޓީ.ސީ.ސީން މަޢުލޫމާތު ދޭ ގޮތުގައި، އަލަށް ތަޢާރަފުކުރި މި އެޕްލިކޭޝަން މިހާރު އެޕަލް އެޕް ސްޓޯރުން ޑައުންލޯޑު ކުރެވޭނެއެވެ. އަދި އެންޑްރޮއިޑް ފޯނު ބޭނުންކުރާ ފަރާތްތަކަށް ގޫގްލް ޕްލޭ ސްޓޯރު މެދުވެރިކޮށް ވަރަށް އަވަހަށް މި އެޕްލިކޭޝަން ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. ގޫގްލް ޕްލޭއަށް އެޕްލިކޭޝަން އަންނަންދެން، އެންޑްރޮއިޑް ފޯނު ބޭނުންކުރާ ފަރާތްތަކަށް އެމް.ޓީ.އެލް ވެބްއެޕް ނުވަތަ ހޮޓްލައިން ނަންބަރު 1655 އަށް ގުޅައިގެން ޓެކްސީ ބުކް ކުރެވޭނެއެވެ.
"މާލޭ ޓެކްސީ" އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ ތިން ގޮތެއް ވަނީ ތަޢާރަފުކޮށްފައެވެ. އެއީ:
އިން-އެޕް ވޮލެޓް: ބޭންކް އެކައުންޓުން އެޕްލިކޭޝަންގެ ވޮލެޓަށް ފައިސާ ޖަމާކޮށްގެން ޚިދުމަތަށް ފައިސާ ދެއްކުން.
ކާޑު މެދުވެރިކޮށް: ދަތުރު ފެށުމުގެ ކުރިން ޑެބިޓް ނުވަތަ ކްރެޑިޓް ކާޑުން ފައިސާ ދެއްކުން.
ސްކޭން ޓު ޕޭ: ދަތުރު ނިންމާލުމަށްފަހު ކިއު.އާރް ކޯޑު ސްކޭންކޮށްގެން ފައިސާ ދެއްކުން.
މީގެއިތުރުން، ދަތުރުކުރުމުގެ ތިން ގަޑިއިރު ކުރިން ދުރާލައި ޓެކްސީ ބުކްކުރުމުގެ ފުރުޞަތުވެސް މި އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.
މީގެ އިތުރުން، ދަތުރުމަތީގައި ކުރިމަތިވެދާނެ ކުއްލި ނުރައްކާތަކުން ރައްކާތެރިވުމަށްޓަކައި އެކަން އަންގައިދޭ 'އެސް.އޯ.އެސް' އިމަޖެންސީ ފީޗާއެއް މި އެޕްލިކޭޝަންގައި ވަނީ ހިމަނާފައެވެ. މި އެޕް މިއަދު އިފްތިތާހ




