ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ މުއްދަތު، މި ހިނގާ ޖޫން މަހުގެ ނިޔަލަށް އިތުރުކުރުމަށް މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، އަހަރުގެ ފުރަތަމަ ދައުރު ނިމި މެންބަރުން ޗުއްޓީއަށް ވަޑައިގަންނަވަން ޖެހެނީ މިއަދަށެވެ. ނަމަވެސް، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މަޖިލީހުގައި ނުނިމި ހުރި މުހިންމު މަސައްކަތްތައް ގިނަކަމުން، މި ދައުރު މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ދަންމާލުމަކީ މުހިންމު ކަމެއް ކަމަށެވެ.
މި ހުށަހެޅުމަށް ވޯޓަށް އެހުމުން، ދައުރު އިތުރުކުރުމަށް ފެންނަ ކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ 72 މެންބަރަކު ވޯޓު ދެއްވިއެވެ. މި ނިންމުމާ ދެކޮޅަށް އިދިކޮޅު އެމްޑީޕީގެ 11 މެންބަރަކު ވޯޓު ދެއްވާފައިވެއެވެ.
މަޖިލީހުގެ ދައުރު މި މަހުގެ ނިޔަލަށް އިތުރުކުރި ނަމަވެސް، މަޖިލީހުގެ މަސައްކަތްތައް ރަސްމީކޮށް ކުރިއަށްދާނީ އަންނަ ހަފުތާގެ ނިޔަލަށެވެ. އެއީ، އަލްހާ އީދުގެ ބަންދާ ގުޅިގެން މި މަހުގެ 16 އިން 20 އަށް ސަރުކާރު ބަންދުވާނެތީއެވެ.



