އެމް.އެސް ރެޖެޓާ" ކްރޫޒްލައިން 623 ފަތުރުވެރިންނާއެކު ރާއްޖެއަށް މިއަދު އައިސްފައިވާކަން އިމިގްރޭޝަނުން ހާމަކޮށްފިއެވެ.
އިމިގްރޭޝަނުން ބުނީ ސްރީލަންކާގެ ކޮލަމްބޯއިން ފުރައިގެން މިއަދު މާލެއަށް ބަނދަރުކުރި އެމް.އެސް ރެޖެޓާ ގެ 623 ފަސިންޖަރުންނާއި 395 ފަޅުވެރިންގެ އިމިގްރޭޝަން ކްލިއަރެންސްގެ ކަންކަން، ދަތުރުމަތީގައި ސީޕޯޓް ޑިވިޜަންގެ އޮފިސަރުން ފުރިހަމަކޮށްދީފައިވާ ކަމަށެވެ.
2026 ވަނަ އަހަރުގެ ކުރީކޮޅު ގާތްގަނޑަކަށް 16,000 ފަތުރުވެރިންނާއެކު 9 ކްރޫޒް ޝިޕް ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.
މިއީ ބައިނަލްއަޤްވާމީ ކްރޫޒް ދަތުރުފަތުރުކުރާ ފަރާތްތަކުގެ މެދުގައި ރާއްޖެއަށް އޮތް މަޤްބޫލުކަން އިތުރުވަމުންދާކަން ދައްކުވައިދޭ ކަމެކެވެ. ކްރޫޒް ޓޫރިޒަމްގެ ސަބަބުން މާލެއަށާއި އެކި އަތޮޅުތަކުގެ ރަށްތަކަށް ފަތުރުވެރިން ޒިޔާރަތްކޮށް، ކުދި ވިޔަފާރިތަކަށާއި ޤައުމުގެ އިޤްތިޞާދަށް ކުރިއެރުން ލިބިގެންދެއެވެ.




