ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަގުތައް މަރާމާތުކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކުރިއަށްގެންދާ މަސައްކަތްތަކާ ގުޅިގެން، އެއަރޕޯޓަށް ދަތުރުކުރާ ބަސްތައް މަޑުކުރާ ސަރަހައްދަށް ބަދަލު ގެނެސްފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
މި މަސައްކަތް ކުރިއަށްދާ މޭ 7 އިން 13 އަށް، ބަހުން ދަތުރުކުރާ ފަސިންޖަރުން އަރުވާ ބޭލުމަށް ވަގުތީ ގޮތުން ހަމަޖެހިފައިވަނީ އެއަރޕޯޓުގެ ހުޅަނގު ފަރާތު ޕާކިންގ ޒޯން ސަރަހައްދުގައެވެ.
ބަސް ހުއްޓާ ތަނަށް މި ބަދަލު އައި ނަމަވެސް، ބަސް ދަތުރުތަކުގެ ތާވަލަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.
މި ބަދަލާ ގުޅިގެން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން އެ ކުންފުނީގެ ހޮޓްލައިން 1650 އަށް ގުޅުއްވުމަށް އެމްޓީސީސީން އިލްތިމާސްކުރެއެވެ.




