ސްރީލަންކާ އާއި ރާއްޖެއާ ދެމެދު ހަތް ދާއިރާއަކުން ގުޅުންބަދަހިކުރުމުގެ މެމޮރަމްޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި މިއަދު ސޮއިކޮށްފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެ ކަނބަލުން ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަށް ރަސްމީކޮށް މަރުހަބާ ދެެންނެވުމަށް، ލަންކާގެ ރައީސް އޮފީހުގައި މިއަދު ވަނީ ހާއްސަ ރަސްމިޔާތެއް ބާއްވާފަ އެވެ. މި ރަސްމިޔާތުގައި ރައީސް މުހައްމަދު މުއިއްޒަށް 21 ބަޑީގެ ސަލާމެއް ވެސް އެރުވި އެވެ.
ދެ ގައުމުގެ ދެމެދުގައި މިއަދު ގުޅުންބަދަހިކުރަން އެމްއޯޔޫތަކެއްގައި ސޮއިކުރި ހަތް ދާއިރާއަކީ:
- ފަތުރުވެރިކަމުގެ ދާއިރާ
- އަރުޝީޕު ކުރުމުގެ ދާއިރާ
- ޓީޗަރުންނާއި ސްކޫލުތަކުގެ ލީޑާޝިޕް އަދި ޕްރޮފެޝަނަލް ޑިވިލޮޕްމަންޓުގެ ދާއިރާ
- ކުޅިވަރާއި ޒުވާނުންނުން ކުރިއެރުވުމުގެ ދާއިރާ
- މަތީ ތައުލީމުގެ ދާއިރާ
- ޑިފެންސް ކޯޕަރޭޝަންގެ ދާއިރާ
- އެކަޑަމިކް ކޯޕަޜޭޝަންގެ ދާއިރާ




