މޯލްޑިވްސް އިސްލާމިކް ބޭންކުން މާލޭގައި އާ އޭޓީއެމްއެއް ހުޅުވައިފި އެވެ.
މި އޭޓީއެމް ހުޅުވާފައިވަނީ އޯކިޑްމަގުގައި ހުންނަ އެމްއެސްއެލް ބިލްޑިންގަ އެވެ. މޯލްޑިވްސް އިސްލާމިކް ބޭންކުން ބުނީ މި އޭޓީއެމްއިން 24 ގަޑިއިރު ހިދުމަތް ލިބޭނެކަމަށެވެ.
މި އޭޓީއެމަކީ ދިވެހި ރުފިޔާއާއި ޑޮލަރު ޖަމާކޮށް، އަދި ނެގޭގޮތައް ފަރުމާކުރެވިފައިވާ އޭޓިއެމެކެވެ. އެމްއައިބީން ބުނީ މި އޭޓީއެމްގެ ސަބަބުން، ބޮޑެތި އޮފީސް ބްލޮކްތައް ހިމެނޭ މި ސަރަޙައްދުގައި މަސައްކަތްކުރާ ފަރާތްތަކަށް ފަސޭހަކަމާއެކީ އެމްއައިބީގެ އެކައުންޓް މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރެވޭނެކަމަށެވެ.
އަދި މި ސަރަހައްދަކީ ޖެޓީއާ ކައިރި ސަރަޙައްދަކަށްވުމުން ފަތުރުވެރިންނަށް ވެސް މި ހިދުމަތްތައް ފަސޭހައިން ބޭނުންކުރެވިގެންދާނެކަމަށް އެ ބޭންކުން ބުނެއެވެ.




