އިމިގްރޭޝަނުން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތައް ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ޓޫރިސްޓް ވިސާގެ މުއްދަތު އިތުރުކުރުމުގެ އުސޫލުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ހާމަކުރި ގޮތުގައި، މި މަހުގެ 23 އިން ފެށިގެން އަމަލުކުރަން ފެށި އައު އުސޫލާއެކު، ވިސާގެ މުއްދަތު އިތުރުކުރަން އެދޭއިރު ސިސްޓަމުގައި ކުރިން ހުރި މައުލޫމާތުތައް އަލުން ފުރާކަށް ނުޖެހޭނެއެވެ. ޕާސްޕޯޓުގެ ތަފްސީލާއި ފަތުރުވެރިޔާ ހުންނަ ތަނުގެ މައުލޫމާތު ފަދަ ކަންކަން ސިސްޓަމުން އަމިއްލައަށް ފުރިގެންދާނެތީ، މި މަރުހަލާ ކުރިއަށްވުރެ ބޮޑަށް އަވަސްވެ ފަސޭހަވެގެންދާނެއެވެ.
ވިސާގެ މުއްދަތު އިތުރުކުރަން ބޭނުންވާ ފަރާތްތަކަށް "އިމުގާ" ޕޯޓަލް މެދުވެރިކޮށް މިހާރު ހުށަހެޅޭނެއެވެ. ޕާސްޕޯޓު ނަންބަރު ޖެހުމުން ނުވަތަ ޕާސްޕޯޓުގެ ބަޔޯޑޭޓާ ސަފުހާ އަޕްލޯޑު ކުރުމުން ސިސްޓަމުން މައުލޫމާތު ހޯދައިދޭނެއެވެ. ނަމަވެސް، ފާއިތުވި 12 މަސްދުވަހުގެ ތެރޭގައި ނަގާފައިވާ ޕާސްޕޯޓު ސައިޒުގެ ފޮޓޯއެއް ހުށަހަޅަން ޖެހޭނެއެވެ.
އިމިގްރޭޝަނުން އިތުރަށް ބުނީ، ޕާސްޕޯޓުގެ ބަޔޯޑޭޓާ ސަފުހާ ހުށަހަޅަން ޖެހޭނީ ޕާސްޕޯޓު އައުކޮށްފައިވާ ނަމަ ނުވަތަ މައުލޫމާތުތަކުގައި ތަފާތެއް ހުރިނަމައެވެ. އަދި ހުންނަ ހޮޓާ ނުވަތަ ގެސްޓްހައުސް ބަދަލުވެފައިވާނަމަ، އެޕްލިކޭޝަން މެދުވެރިކޮށް އެ މައުލޫމާތު އަމިއްލައަށް އަދާހަމަ ކުރެވޭނެއެވެ. މި ބަދަލުތަކާއެކު ވިސާގެ ކަންކަން ނިންމުމަށް ހޭދަވާ ވަގުތު ވަނީ ވަރަށް ބޮޑަށް ކުޑަކުރެވިފައެވެ. އެގޮތުން 48 ގަޑިއިރުގެ ތެރޭގައި ވިސާ މުއްދަތު އިތުރުކުރުމުގެ ޚިދުމަތް ލިބޭނެއެވެ.
މި ބަދަލަކީ ޒަމާނީ ވަސީލަތްތަކުގެ އެހީގައި ދައުލަތުގެ ޚިދުމަތްތައް ފުޅާކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ދޭ އަހަންމިއްޔަތު ރަމްޒުކޮށްދޭ ކަމެއް ކަމަށް އިމިގްރޭޝަނުން ފާހަގަކުރެއެވެ.