ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭގެ ރައީސްގެ މަގާމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އައްޔަންކޮށްފިއެވެ.
އެލްޖީއޭގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާނީ ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނު އަސާސީގެ 140 ވަނަ މާއްދާ އަދި ލާމަރުކަޒީ ޤާނޫނުގެ 59 ވަނަ މާއްދާގެ ދަށުން ރައީސް އައްޔަންކުރައްވާ ވަޒީރެވެ.
މީގެކުރިން އެލްޖީއޭގެ ރައީސްގެ މަގާމުގައި ހުންނެވީ ކުރީގެ މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.
ނަމަވެސް ކެބިނެޓަށް ބަދަލުގެނެސް އަލުންއެކުލަވާލި ކެބިނެޓްގައި އާދަމް ޝަރީފު ނުހިމެނޭތީ އެ މަގާމުވަނީ ހުސްވެފައެވެ.




