ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓު މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް މިއަދުގެ ވަގުތެއްގައި މަގާމުން ވަކިކުރައްވައިފިއެވެ.
މީގެ އިތުރުން، ފޮރިން މިނިސްޓަރުގެ މަސްއޫލިއްޔަތުތައް އަދާކުރައްވަމުން ގެންދެވި ޑރ. އަބްދުالله ހަލީލު ވެސް ވަނީ މިއަދު މަގާމުން ވަކިކުރައްވާފައެވެ.
މަައުލޫމާތު ލިބިފައިވާ ގޮތުގައި، މިއަދުގެ ވަގުތެއްގައި އިތުރު ވަޒީރުންތަކެއް ވެސް މަގާމުން ވަކިކުރުމަށް ވަނީ ނިންމާފައެވެ.
ޑރ. އާއިޝަތު ޝިހާމަކީ މީގެ ކުރިން ޕީޕީއެމްގެ ވެރިކަމުގައި އެޑިއުކޭޝަން މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.





