މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ގުޅިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބްސިޑަރީ ކުންފުނިތަކުން ހަރަދުކުޑަކުރަށް ގިނަ ފިޔަވަޅުތަކެއް އަޅަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަޓައިޒޭޝަން ބޯޑުން އަންގައިފި އެވެ.
މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމައާ ގުޅިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބްސިޑަރީ ކުންފުނިތަކުން ޚަރަދުކުޑަކުރުމާ ގުޅޭ ގޮތުން ޕީސީބީއިން ނެރުނު ސާކިއުލާގައި ކުންފުނީގެ މުއައްޒަފުންގެ މުސާރައާއި އިނާއަތްތަކަށް ކުރާ ޚަރަދު ކުޑަކުރުމަށް ބޮޑުތަނުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް ވަނީ އަންގާފައެވެ.
ބައެއް ފިޔަވަޅުތައް އިތުރުކޮށް މިއަދު އަލުން ޕީސީބީން ވަނީ އެ ސާކިއުލާ ކުންފުނިތަކަށް ފޮނުވާފަ އެވެ.
- ކުންފުނިތަކުގެ މުވައްޒިފުންގެ މުސާރައާ އިނާޔަތްތަކަށް ކުރާ ހަރަދު ބޮޑުތަނުން ކުޑަކުުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުން
- ރަސްމީގަޑީގައި މަސައްކަތްތައް ނިމޭނެގޮތަށް ކުންފުނިތަކުތެ މަސައްކަތްތައް ރޭވުމާއި ރަސްމީގަޑީގެ ބޭރުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ނޫނީ އިތުރުގަޑީގައި މަސައްކަތް ނުކުރުވުން
- މުވައްޒިފުންނަށް މަގާމުގެ ކުރިއެރުން ދިނުން މިވަގުތަށް ހުއްޓާލުމާއި ކުންފުނިން މިހާރު ފާސްކޮށްފައިވާ އިދާރީ އޮނިގަނޑުގައި ހިމެނޭ މަގާމެއް ކަމުގައިވީނަމަވެސް ކުންފުނީގެ އޮޕަރޭޝަން ނުހުއްޓި ކުރިއަށް ގެންދިއުމަށް ކޮންމެހެން ނަގަންޖެހޭ މުވައްޒިފަކު ނޫނީ ނުނެގުން
- އިގްތިސާދީ ހިރާސްތަކަށް ރިޔާއަތްކޮށް ކުންފުނީގެ ކޭޝްފްލޯ ދަތިނުވެ ދެމެހެއްޓެނިވި ގޮތަކަށް ކޭޝްފްލޯ މެނޭޖުކުރުމަށް މުވައްޒިފުންގެ މުސާރައިގެ ހަރަދުތައް މެނޭޖުކުުރުމުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން
- ކުންފުނީގެ ހިންގާ ގަވާއިދާއި އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުުރުމަށް ކޮންމެހެން ކުރަންޖެހޭ ހަރަދެއް ފިޔަވަާ އެހެނިގެން ހަރަދުތައް ނުކުރާކަން ޔަގީންކުރުމަށް ފިޔަވަޅު އެޅުން
- މެދުއިރުމަތީގެ ހަަމަނުޖެހުންތަކާއި ގުޅިގެން އިގްތިސާދަށް ކުރާނެ އަސަރު ދިރާސާކޮށް ފިޔަވަޅުތައް އެޅުމާއި ރައްޔިތުންނަށް ކޮށްފާނެ މާލީ ބުރަތަކަށް ވިސްނައިގެން ފިޔަވަޅު އެޅުމަށް ސަމާލުކަން ދިނުން
- ކޮންމެހެން ބާއްވަންޖެހޭ ހަފްލާއެއް ނޫނީ ނުބޭއްވުމާއި ހަފްލާތައް ބޭއްވުމުގައި ވަސީލަތްތައް ހުރި ކުންފުނިތަކުން އެހެން ކުންފުނިތަކަށް ވަސީލަތްތައް ހިއްސާކުރުމާއި ހަފްލާތަކަށް ކުރާ ހަރަދު ވީހާވެސް ކުޑަކުރުން
- *ދެމެހެއްޓެނިވި ގޮތުގައި ކުންފުނީގެ ހަރަދުތައް މެނޭޖުކުުރމަށް މުހިންމު އެހެނިހެން ފިޔަވަޅުތައް ބޯޑުން އެޅުން
- ރާއްޖެއިން ބޭރަށް
- ރާއްޖެ އިން ބޭރަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ހުއްޓާލުން. އޭގެ ބަދަލުގައި އޮންލައިންކޮށް ބައްދަލުވުންތަކުގައި ބައިވެރިވުން
- ރާއްޖެ އިން ބޭރަށް ކުރާ ދަތުރުތަކުގައި ކުންފުނިން ކުރާ ހަރަދު ވީހާ ވެސް ބޮޑަށް ކުޑަކުރުން
- ރާއްޖެ އިން ބޭރަށް ކުރާ ތަމްރީނު ދަތުރުތައް ހުއްޓާލައި، އޮންލައިންކޮށް އެ ތަމްރީނުތަކުގައި ބައިވެރިވުނ
- ފެރީގެ ހިދުމަތް ލިބޭ ސަރަހައްދުތަކުގައި ފެރީތަކުގައި ކުންފުނިތަކުގެ މުވައްޒަފުން ދަތުރުކުރުން
- ކުންފުނިތައް ހިންގަން އިޔާދަކުރަނިވި ހަކަތަ ބޭނުންކުރެވެން ހުރި ނަމަ އެ ނިޒާމު ބޭނުންކުރުން.
ޕީސީބީން ޚަރަދުކުޑަ ކުރުމުގެ ބޮޑެތި ފިޔަވަޅުތަކެއް އެޅުމަށް އަންގާފައިވާއިރު މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ފިނޭންސް މިނިސްޓްރީން ވެސް ވަނީ ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތައް އަޅަން އަންގައިފައެވެ.




