ޕޮލިސް ކޮމިޝަނަރު ކަމަށް އަހުމަދު މުހައްމަދު (ޓޫފޯ) ރައީސް މުހައްމަދު މުއިއްޒު ދެންމެ އައްޔަންކުރައްވައިފި އެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު އައްޔަންކުރެއްވުމާ ގުޅިގެން، ފުލުހުން ވަނީ ސޯޝަލް މީޑިއާގައި އިއުލާންކޮށްފައެވެ.
އަޙްމަދު މުޙައްމަދަކީ 1995 ވަނަ އަހަރުން ފެށިގެން، ވޭތުވެދިޔަ 30 އަހަރަށްވުރެ ދިގު މުއްދަތުގައި ފުލުހުންގެ ވަޒީފާގައި އުޅުއްވި ބޭފުޅެކެވެ.
އަޙްމަދު މުޙައްމަދަ ވަނީ ފުލުހުންގެ އޮޕަރޭޝަނަލް އަދި ތަޙުގީގީ ދާއިރާތަކުގެ އިސް މަޤާމުތަކެއް ފުރުއްވާފައެވެ. މީގެއިތުރުން، އިންޑިއާގެ ސަރުދާރު ވަލްލަބްބާއީ ޕަޓޭލް ނޭޝަނަލް ޕޮލިސް އެކަޑަމީން "ބޭސިކް ޓްރޭނިންގ ކޯސް ފޯ އައި.ޕީ.އެސް ޕްރޮބޭޝަނަރސް" ހިމެނޭހެން، ސީނިއަރ އޮފިސަރުންގެ މުހިންމު ތަމްރީނުތަކެއް ފުރިހަމަކުރައްވާފަވެއެވެ.\
ތަޢުލީމީ ދާއިރާއަށް ބަލާއިރު، އަޙްމަދު މުޙައްމަދަ ވަނީ ވިލާ ކޮލެޖުން މާސްޓަރ އޮފް ޝަރީޢާ އަދި ބެޗްލަރ އޮފް ޝަރީޢާ (އޮނަރޒް) ހާސިލުކުރައްވާފައެވެ.



