އައްޑުއާ 2،500 ކިލޯމީޓަރު ދުރުން މިއަދު ބިންހެލުމެއް އަތުވެއްޖެ އެވެ.
މެޓް އޮފީހުން އާއްމުކުރި މައުލޫމާތުން އެނގޭ ގޮތުގައި ބިންހެލުން އައީ 'މިޑް އިންޑިއަން ރިޖް' ސަރަހައްދަށެވެ. އެއީ ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީއާ 2،553 ކިލޯމީޓަރު ދުރެވެ.
މި ބިންހެލުން އެރީ 5.3 މެގްނިޓިއުޑް ބާރުމިނުގައެވެ.
މެޓުން ބުނި ގޮތުގައި މި ބިންހެލުން އަރާފައި ވަނީ ރާއްޖެ ގަޑިން މިއަދު ހެނދުނު 09:55 ހާއިރެވެ.
މި ބިންހެލުމުގެ ސީދާ ނުރައްކާ ރާއްޖެއަށް ނުކުރާނެ ކަމަށް މެޓުން ވަނީ ބުނެފައެވެ.




