މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު 2026 ގައި ވޯޓް ލުމަށް ތިން ފޮއްޓެއް ވަނީ ބަހައްޓާފައެވެ.
އެގޮތުން ވޯޓް ކަރުދާސްކޮޅުގައި ފާހަގަ ޖެހުމަށްފަހު ކަރުދާސްކޮޅު ވައްޓާލަން ޖެހެނީ އެކަމާއި ގުޅޭ ވޯޓް ފޮއްޓަކަށެވެ.
އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އަބްދުއްރަހްމާން ސަލާހްް ރަޝީދު ވިދާޅުވީ އިނތިހާބާއި ބެހޭ ޝަކުވާ ކޮމެޓީއަށް މިހާތަނަށް 10 ޝަކުވާއެއް ލިބިފައިވާކަމަށެވެ. އޭގެތެރޭގައި މަނާ ވަގުތު ކެމްޕެއިން ކުރިކަމިގެ ޝަކުވާތަކާއި ނުބައި ފޮއްޓަކަށް ވޯޓް ކަރުދާސްކޮޅު ވައްޓާލުމުން ވޯޓް ބާތިލުވެދާނޯ އަހާ ހުށައަޅާފައިވާ ޝަކުވާ ހިމެނޭކަމަށް ސަލާހް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އޮޅިގެން ނުބައި ފޮއްޓަކަށް ވޯތް ކަރުދާސްކޮޅު ލެވުނު ނަމަވެސްް އެ ވޯޓް ބާތިލު ނުވާނެކަމުގެ ޔަގީންކަން ކޮމިޝަނުންް ދޭ ކަމަށެވެ.



