އުސޫލާ ހިލާފަށް ހުޅުމާލެއިން ޕާކިން ސްލޮޓް ދޫކުރި ކަމަށް ދެކެވޭ ވާހަކަތައް އެޗްޑީސީން މިއަދު ދޮގުކޮށްފި އެވެ.
ހުޅުމާލެ ދިމާވެފައިވާ ޕާކިންގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމަށް އެޗްޑީސީން ކުރިޔަށް ގެންދިޔަ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ޕާކިން ޕޮކޭޓުތަކެއް 2024 ވަނަ އަހަރު ވަނީ ތަޢާރަފްކޮށްފައިއެވެ. އަދި މި ޕާކިން ޕޮކެޓުތައް ދޫކުރުމަށްޓަކައި އެ އަހަރުގެ ތެރޭގައި ވަނީ އާންމުކޮށް ހުޅުވާލާފައިއެވެ.
ޕާކިން ޕޮކެޓުތައް އާންމުންނަށް ހުޅުވާލާފައިވާއިރު، އެޗްޑީސީއިން ވަކި ބަޔަަކަށް ނާޖާއިޒް މަންފާ ލިބޭގޮތަށް ވިއްކާކަމަށް ބުނެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
މިކަމާގުޅިގެން އެޗްޑީސީއިން ވިދާޅުވީ، ޕާކިން ސްލޮޓުތައް ދޫކުރާނީ ފޯމު ހުށައަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވެފައިވާ ބައިވެރިންނަށްކަމަށެވެ.
އަދި އެ ކޯޕަރޭޝަނުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާ ގުޅޭގޮތުން ހަޤީޤަތާ ޚިލާފު މަޢުލޫމާތު ޝާއިޢުނުކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައިއެވެ.




