ލ.އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ފަށައިފިއެވެ.
އެ އަތޮޅުގައި މިއަދު ވަނީ ރަސްމީކޮށް އެ ހިދުމަތް ފަށާފަ އެވެ. އެމްޓީސީސީން ބުނީ ދެ ފެރީ ލޯންޗާއެކު ލާމުގައި އާރުޓީއެލްގެ ހިދުމަތް ފަށާފައިވާ ކަމަށެވެ.
ދެން އެ ހިދުމަތް ފަށާނީ މ އަތޮޅުގަ އެވެ. ލާމު އަތޮޅުގައި ވެސް ފުރަތަމަ އޮންނާނީ ތަޖުރިބާގެ ދަތުރުތަކެވެ. އެއީ ފުރަތަމަ ހަފްތާ އަށެވެ. އޭގެ ފަހު އަގު ނަގައިގެން ހިދުމަތް ދޭން ފަށާނެ އެވެ.
ސަރުކާރުގެ އަމާޒަކީ ޖޫން މަހުގެ ނިޔަލަށް މުޅި ރާއްޖޭގައި މި ހިދުމަތް ފެށުމެވެ. އެ އަމާޒަށް ވާސިލުވެވޭނެ ކަމަށް ޓްރާސްޕޯޓް މިނިސްޓްރީން ބުނެ އެވެ.





