އްދަ ހޯދަން ޖެހޭ ވައިގެ ސަރަޙައްދު ދިފާޢީ ވުޒާރާ އިން ސާފުކޮށްދީފި އެވެ.
ދިފާޢީ ވުޒާރާ އިން މިއަދު ވަނީ އެ މައުލޫމާތު ހިމަނާ ސޯޝަލް މީޑިއާގައި ޕޯސްޓެއް ހިއްސާކޮށްފަ އެވެ.
އެ ޕޯސްޓްގައި ވަނީ ޤައުމުތަކުގެ ކަނޑުގެ ސަރަޙައްދުތައް ކަނޑައެޅިފައިވާ ގޮތާއި، އެ ސަރަޙައްދުތަކުގައި ލިބިދޭ ޢާންމު ޙައްޤުތަކާއި ޒިންމާތައް ބަޔާންކުރާ ބައިނަލްއަޤްވާމީ މުޢާޙަދާއަކީ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯވ އޮފް ދަ ސީ (އަންކްލޯސް) ކަމާއި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކުގައި ދިވެހިރާއްޖެއަށް ލިބިދޭ ޙައްޤުތަކާއި އިޚްތިޔާރުތައް ބަޔާންކުރާ ޤާނޫނަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާބެހޭ ޤާނޫނު ކަން ހަނދާންކޮށްދީފަ އެވެ.
މި ޤާނޫނުގައި ބަޔާންކުރާ ގޮތުން، ދިވެހިރާއްޖޭގެ ބިމާއި ބިމާ ގުޅިފައިވާ ވައިގެ ސަރަޙައްދުގެ އިތުރަށް، ދިވެހިރާއްޖޭގެ އެތެރޭ ކަނޑާއި، އާކިޕެލަޖިކް ކަނޑާއި، ސަރަޙައްދީ ކަނޑާއި، މި ކަނޑުތަކުގެ އަޑީގައިވާ ފަސްގަނޑާއި، މި ކަނޑުތަކާ ގުޅިފައިވާ ވައިގެ ސަރަޙައްދަކީ ދިވެހިރާއްޖޭގެ ސިޔާދަތީ ބާރުގެ ދަށުގައިވާ ތަންތަނެވެ.
ޢާންމު މަޢުލޫމާތަށްޓަކައި.
ޤައުމުތަކުގެ ކަނޑުގެ ސަރަޙައްދުތައް ކަނޑައެޅިފައިވާ ގޮތާއި، އެ ސަރަޙައްދުތަކުގައި ލިބިދޭ ޢާންމު ޙައްޤުތަކާއި ޒިންމާތައް ބަޔާންކުރާ ބައިނަލްއަޤްވާމީ މުޢާޙަދާއަކީ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯވ އޮފް ދަ ސީ (އަންކްލޯސް). އަދި، ދިވެހިރާއްޖޭގެ… pic.twitter.com/CQonSB5NXZ
— Ministry of Defence (@MoDmv) March 24, 2026
ޤައުމުތަކުގެ ވައިގެ ސަރަޙައްދުތަކާއި، ވައިގެ ދަތުރުފަތުރުގައި އަމަލުކުރާ މައިގަނޑު އުޞޫލުތައް ބަޔާންކުރާ ކޮންވެންޝަން އޮން އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން (ޗިކާގޯ ކޮންވެންޝަން) ގައި ބަޔާންކުރާ ގޮތުން ޤައުމުތަކުގެ ސަރަޙައްދީ ކަނޑާއި ގުޅިފައިވާ ވައިގެ ސަރަޙައްދަކީ އެ ޤައުމުގެ ސިޔާދަތީ ބާރު ހިނގާ، އަދި އެ ސަރަޙައްދަށް ވަނުމުގެ ކުރިން ހުއްދަ ހޯދަންޖެހޭނެ ސަރަޙައްދެކެވެ. މިއަށްވުރެ ބޭރުގެ ވައިގެ ސަރަޙައްދަކީ އިންޓަރނޭޝަނަލް އެއަރސްޕޭސް އެވެ.
އެކި ޤައުމުތަކަށް ކަނޑައަޅާފައިވާ ފްލައިޓް އިންފޮމޭޝަން ރީޖަން (އެފް.އައި.އާރ) ހިމެނޭ ސަރަޙައްދުގައި އެއަރ ޓްރެފިކް ކޮންޓްރޯލްގެ ޚިދުމަތް ފޯރުކޮށްދޭންޖެހޭއިރު، މި ސަރަޙައްދު ކަނޑައެޅިފައިވާ އެންމެ މުހިންމު ބޭނުމަކީ ވައިގެ ދަތުރުފަތުރުގެ ސަލާމަތާ ރައްކާތެރިކަން ޤާއިމްކޮށްދިނުން ކަން ދިފާޢީ ވުޒާރާއިން ވަނީ ފާހަގަކޮށްފަ އެވެ.
އިންޓަރނޭޝަނަލް އެއަރސްޕޭސް ގެ ތެރޭގައި ހިމެނޭ އެފް.އައި.އާރ ސަރަޙައްދަށް ވަނުމަށް ޤައުމެއްގެ ހުއްދަ ހޯދަން ނުޖެހުނު ކަމުގައިވިޔަސް، އެއަރ ޓްރެފިކް ކޮންޓްރޯލް ޚިދުމަތްތަކުން މިފަދަ ދަތުރުތަކާ ގުޅޭ މަޢުލޫމާތު ޙިއްސާކޮށް އަދި ވިލަރެސް ކުރަމުންދާނެ ކަމަށް ވެސް އެ ވުޒާރާއިން ފާހަގަކޮށްފައިވެ އެވެ.




