ސައުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީން ވަނީ ރާއްޖޭގެ އިސްލާމިކް މިނިސްޓްރީއަށް ހަވާލު ކުރި 15 ޓަނުގެ ކަދުރު ރަސްމީކޮށް ރާއްޖޭގެ މިނިސްޓްރީ އާ ހަވާލުކޮށް ދެއްވީ ސައޫދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ހަސަން އަލްޤަހްތާނީ އެވެ. ރާއްޖޭގެ ފަރާތުން މި ކަދުރާ ހަވާލުވެވަޑައިގަތީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.
ކޮންމެ އަހަރަކު ރޯދައަށް ދިވެހިންނަށް ބެހުމަށް ސައުދީ ފޮނުވާ 50 ޓަނުގެ ކަދުރު އަދި ރާއްޖެއަށް ނުލިބެ އެވެ. މިދިޔަ މަހު އިސްލާމިކް މިނިސްޓްރީން ބުނީ ސައުދީން ދޭ 50 ޓަނުގެ ކަދުރު ޝިޕްމަންޓް މިވަގުތު ވަނީ ރާއްޖެ އައުމުގެ މަގުމަތީގައި ކަމަށެވެ. އަދި އެތަކެތި އައުމުން މުޅި ރާއްޖެއަށް ކަދުރު ބަހާނެކަމަށް މިނިސްޓްރީން ބުނެއެވެ.
ސައުދީ އަރަބިއްޔާއިން މިނިސްޓްރީއަށް ކަދުރު ހަދިޔާކޮށްފައިވާއިރު ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އަލް ސައުދުގެ ފަރާތްޕުޅުން ކޮންމެ އަހަރަކު ވެސް ރާއްޖޭގައި ކުރިއަށްގެންދާ ރޯދަ ވީއްލުމުގެ ހާއްސަ ޕްރޮގްރާމް މިހާރު ވަނީ ފަށާފަ އެވެ




