މާލޭގެ ގެއަކުން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
ފުލުހުން ބުނީ މާފަންނު، ދަކަންދާމަގު ގައި ހުންނަ ގެއެއްގައި ތެރޭގައި މީހަކު ނިޔާވެފައި އޮއްވާ ފެނުނު މައްސަލައެއް މިއަދު 13:01 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.
ނިޔާވެފައި އޮއްވާ ފެނިފައިވަނީ ސ.ހުޅުދޫ ތޯތާޕަރީ އުމުރުން 54 އަހަރުގެ މުޙައްމަދު ނިޒާރު ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.




