ދައުލަތުގެ ކުންފުނި އެސްޓީއޯގެ ސަބްސިޑަރީއެއް ކަމަށްވާ މޯލްޑިވް ގޭސްއިން ފާއިތުވި ދުވަސްތަކުގައި ވަނީ، މީގެ ކުރިން ވިއްކަމުން އައި 10 ކިލޯގެ ގޭހުގެ ބަދަލުގައި ހަތް ކިލޯގެ ގޭސް ވިއްކަން ފަށައިފައެވެ. އަދި ގޭހަށް އޯޑަރު ދިނުމުން، ގޭސް ލިބުން އިންތިހާއަށް ލަސްވާ ކަމުގެ ޝަކުވާ ވެސް ވަނީ ބޮޑުވެފައެވެ.
އެ މައްސަލަ ހައްލުނުވެ އުޅެނިކޮށް، ވިލާ ހަކަތައިން ވެސް ވަނީ ގޭސް ވިއްކާ މިންވަރު މަދުކޮށްފައެވެ.
މިމައްސަލަ ދިމާވުމާއި ގުޅިގެން އެސްޓީއޯއިން ވިދާޅުވީ، ދުނިޔޭގައިވެސް އަދި ސަރަޙައްދީގޮތުންވެސް ބާޒާރުގައި ސަޕްލައިއަށް ލޮޅުންތަކެއް އަރާފައިވާކަމަށެވެ. އޭގެ ސަބަބުން އެސްޓީއޯގެ ސަބްސިޑަރީ ކުންފުނިކަމަށްވާ މޯލްޑިވް ގޭސް މެދުވެރިކޮށް 10 ކިލޯގެ ގޭސް ފުޅީގެ ބަދަލުގައި ޑިސްކައުންޓް ރޭޓުތަކެއްގައި ވިއްކަމުންދަނީ 7 ކިލޯގެ ގޭސްފުޅިކަމަށެވެ.
ރޯދަ މަހަކީ އާންމުގޮތެއްގައިވެސް ގޭހަށް އޮންނަ ޑިމާންޑު އިތުރުވާ މަހެކެވެ. މިއާއެކު މިއަހަރުގެ ރޯދަމަހުވެސް ކައްކާގޭސް އެއްވެސް ދަތިކަމެއް ނެތި ކުރިއެކޭ އެއްގޮތަށް ލިބޭނެ ކަމުގެ ޔަޤީންކަން އެސްޓީއޯއިން ވަނީ ދީފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




