މި އަހަރުގެ ރޯދަމަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9 އިން މެންދުރު 1 ޖުހުމާ ހަމަޔަށް ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުން ބުނިގޮތުގައި، ސަރުކާރު އޮފީސްތަކުގެ ރަސްމީ ގަޑިއަކީ އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މިއަހަރުގެ ރޯދަމަހުގެ ދުވަސްތަކާއި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9 އިން މެންދުރުފަހު 1 އަށް ކަމަށެވެ.
ކަލަންޑަރުގައިވާ ގޮތުން، މި އަހަރުގެ ރޯދަމަސް ފަށާނީ އަންނަ ބުދަ ދުވަހު އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




