އެސްޓީއޯއިން މިހެން ވިދާޅުވީ، އެކުންފުނީގެ ސަބްސިޑަރީ ކުންފުނި، މޯލްޑިވްސް ގޭސްއިން ވިއްކާ ކައްކާ ގޭސް ލިބުމުގައި ދަތިތަކެއް ކުރިމަތިވެގެން އުޅޭކަމުގެ މައްސަލަތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.
ރާއްޖެއަށް ކައްކާ ގޭސް އެތެރެކޮށް ވިއްކުމުގެ މަސައްކަތް ކުރަމުން އަންނަނީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، މޯލްޑިވްސް ގޭހާއި ވިލާ ކުންފުނިންނެވެ. ރާއްޖެއަށް ގޭސް ލިބުމުގައި ދަތިތަކެއް ކުރިމަތިވެ އާންމުންގެ މެދުގައި ކަންބޮޑުވުން އިތުރުވުމާއި ގުޅިގެން އެސްޓީއޯއިން ވިދާޅުވީ، ރާއްޖޭގައި ކައްކާ ގޭހަށް ނުޖެހޭވަރަށް ގޭސް ލިބޭނެކަމަށާއި މިމައްސަލަ ވަރަށް އަވަހަށް ހައްލުވާނެކަމަށެވެ.
އެސްޓީއޯއިން ވިދާޅުވީ، ދުނިޔޭގައިވެސް އަދި ސަރަޙައްދީގޮތުންވެސް ބާޒާރުގައި ސަޕްލައިއަށް ލޮޅުންތަކެއް އަރާފައިވާކަމަށެވެ. އެގެ ސަބަބުން އެސްޓީއޯގެ ސަބްސިޑަރީ ކުންފުނިކަމަށްވާ މޯލްޑިވް ގޭސް މެދުވެރިކޮށް 10 ކިލޯގެ ގޭސް ފުޅީގެ ބަދަލުގައި ޑިސްކައުންޓް ރޭޓުތަކެއްގައި ވިއްކަމުންދަނީ 7 ކިލޯގެ ގޭސްފުޅިކަމަށެވެ. އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވީ ގޭހުގެ ސަޕްލައިއަށް އަންނަމުންދާ ބަދަލުތަކާއެކު ރާއްޖެއަށް ގޭސް އެތެރެކުރާ ދެ ކުންފުނި ގުޅިގެން، ވަކިގޮތަކަށް ބާޒާރުގައި ގޭސް ކޮންޓްރޯލްކޮށްގެން ވިއްކުމަކީ އަބަދުވެސްކުރާކަމެއްކަމަށެވެ.
މޯލްޑިވް ގޭސްއަކީ އެސްޓީއޯ އާއި ޗަމްޕާ ގޭސް އެންޑް އޮއިލް ކޮމްޕެނީގެ ހިއްސާ އޮންނަ ގޮތަށް އުފައްދާފައިވާ ކުންފުންޏެކެވެ. ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ގޭސް އެތެރެކުރަނީ މޯލްޑިވް ގޭސް އިންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


