ރޯދަމަހު ރޭގަނޑު ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަނާއި، މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް އިކޮނޮމިކް މިނިސްޓްރީން މިއަދު އާންމުކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ އެގޮތަށް އަމަލު ކުރަން ފަށާނީ މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. ކަލަންޑަރުގައިވާ ގޮތުން ރޯދަ މަސް ފެށޭނީ މި މަހުގެ 18 ވަނަ ދުވަހެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ، ޝައްވާލް މަހުގެ ހަތް ދުވަސް ނިމެންދެން އެ ގަޑީގައި ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ކަމަށެވެ.
Advertisement
މި މުއްދަތުގައި ކެފޭ އަދި ރެސްޓޯރެންޓު ހުޅުވާފައި ބެހެއްޓޭނީ ހަވީރު 5:30 އިން މެންދަމު 3:00 އަށް ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
އިކޮނޮމިކް މިނިސްޓްރީން ވަނީ އެގޮތަށް އަމަލުކުރަން އަންގައިފަ އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


