އަނބިމީހާ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް، ކޮންމެ މީހަކަށް ބޯހިޔާވަހިކަމަށް ކުރިމަތިލެވޭ ގޮތަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު އިއްވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ، އެ ގޯތިތަކަށް ހުޅުވާލާނީ ވަކި ކެޓެގަރީ އެއްގެ ގޮތުގައި ކަމަށެވެ. އަދި، 2022 ވަނަ އަހަރު ހުޅުވާލެވުނު ބިންވެރިޔާ ސްކީމުން ގޯތި ލިބުނު ފަރާތްތަކުން މިހާރު ލިބިފައިވާ ގޯތި، ޖޮއިންޓް ކޮށް އެ ގޯތި ލިބިފައިވާ ހުރިހާ ފަރާތްތައް އެ ގޯތި އެއްކޮށް ދޫކޮށްލަން އެއްބަސްވާނަމަ، ޖޮއިންޓްކޮށް ލިބުނު ކޮންމެ މީހަކަށް ގޯއްޗެއް ލިބޭ ގޮތަށް ވަކި ކެޓެގަރީއެއް ހުޅުވާލަންވެސް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ. ރައީސް ވިދާޅުވިގޮތުން، 15000 ގޯތީގެ ތެރެއިން މި ދެ ކެޓެގަރީ އިން ކޮންމެ ކެޓެގަރީއަކަށް 1000 ގޯތި ކަނޑައަޅާނެ އެވެ.
ރައީސް ވިދާޅުވީ އެގޮތަށް ނިންމީ، އެއްވެސް ބޯހިޔާވަހިކަމެއް ނެތް ޢާއިލާތަކަށް ޚާއްޞަ ކޮށްގެން ކުރިއަށް ގެންދެވޭ ޢާއިލީ ބޯހިޔާވަހިމަކުގެ ޕްރޮގްރާމަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފައިވާއިރު ގޯތި ގެދޮރުގެ ތަނަވަސްކަން ހޯދުމުގެ ފުރުސަތު ހުރިހާ ރައްޔިތުންނަށް ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


