މާލޭ ވިޔަފާރި ބަނދަރު ތިލަފުށީގައި ތަރައްގީ ކުރުމަށް ރާވާފައިވާ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރުމަށް ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ މިއަދު ހަވާލުކޮށްފި އެވެ.
އަންނަ އަހަރުގެ 11 ނޮވެމްބަރުން ފެށިގެން މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރައްވާނެކަން ރައީސް މުހައްމަދު މުއިއްޒު މި ވަނީ ރިޔާސީ ބަޔާނުގައި ވިދާޅުވެފަ އެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ބުނީ ރައީސްގެ އެ ވިސްނެވުމާ އެގޮތަށް އެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް މިއަދު ޗައިނާގެ ސީއެޗްއީސީއާ އެކު ސޮއިކޮށްފައިވާ ކަމަށެވެ.
އެ އެއްބަސްވުމުގެ ދަށުން ތިލަފުށީގައި ތަރައްގީ ކުރާ ވިޔަފާރި ބަނދަރުގެ ފުރަތަމަ ފިޔަވަހީގެ ޑިޒައިނިން އާއި ސާވޭގެ މަސައްކަތްތައް އެ ކުންފުނިން ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން:
-
އެ މަސައްކަތްތައް ފުރިހަމަކުރުމަށްފަސް މަސް ތެރޭ އެ ކުންފުނިން ނިންމަން ޖެހޭ
-
ޑިޒައިނިން އާއި ސާވޭގެ މަސައްކަތް ނިމުމުން ދެ ފަރާތުން އެއްބަސްވާ އަގެއްގެ އެ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ސީއެޗްއީސީން ކުރިއަށް ގެންދާނެ ކަމަށް ވެސް ބުނި
ރައީސް މިއަދު ވިދާޅުވި ގޮތުގައި ތިލަފުށީގައި ތަރައްގީކުރާ ބައިނަލްއަގުވާމީ ބަނދަރާ އެކު މިހާރު 7 ދުވަހުން ހުސްކުރެވޭ ބޯޓު 48 ގަޑިއިރުން ހުސްކުރެވޭނެ އެވެ. އަދި އެކަމުގެ ސަބަބުން މުދަލުގެ އަގު ހެޔޮ ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.



