ކ.ގުޅީފަޅު ކައިރިން ދަތުރުކުރަމުންދަނިކޮށް ބަންޑު ޖަހާލި ލޯންޗެއްގައި ތިބި ބަޔަކު ސަލާމަތްކޮށްފި އެވެ.
އެމްއެންޑީއެފް އިން ބުނީ "ބުލެޓް ސްޕީޑް" ނަމަކަށްކިޔާ މި ލޯންޗުން ދަތުރުކުރަމުންދިޔަ 9 ފަތުރުވެރީންނާއި، 2 ފަޅުވެރީންނާއި، ލޯންޗުގެ ކެޕްޓަން ކަނޑުވެފައިތިއްބައި ނަގާފައިވަނީ، އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ "ބީޗް ސްޓޯން" ނަމަކަށް ކިޔާ ލޯންޗަކުންނެވެ.
އޭގެފަހުން ސީނަށް އެޓެންޑްވި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ހާބަރކްރާފްޓަށް އެ މީހުން ބަދަލުކޮށް، މިއަދު 09:40 ހާއިރު އެންމެން ވަނީ ސަލާމަތްތެރިކަމާ އެކު މާލެ ގެނެސްދީފައެވެ.
މި ހާދިސާގައި ކަނޑުވި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިނުކަމުގެ މަޢުލޫމާތު ލިބިފައެއް ނުވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


