ކ. ކާށިދޫ ފަޅުގައި ރިސޯޓު ތަރައްގީކުރާނެ ބަޔަކު ހޯދަން ޓޫރިޒަމް މިނިސްޓްރީން އަނެއްކާވެސް އިއުލާނުކޮށްފި އެވެ.
ކ. ކާށިދޫ ފަޅު ހިއްކައިގެން ރިސޯޓެއް ތަރައްގީކުރާނެ ބަޔަކު ހޯދަން މިދިޔަ އަހަރުގެ އޭޕްރިލް މަހު ވަނީ ހުޅުވާލާފައެވެ. އަދި ނ. ފަރުމުލީގައި ރިސޯޓެއް ތަރައްގީކުރާނެ ބަޔަކު ހޯދަން ޓޫރިޒަމް މިނިސްޓްރީން މިދިޔަ އަހަރުގެ ޖުލައި މަހު ހުޅުވާލިއެވެ.
މި ފަޅުތައް 50 އަހަރަށް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާއިރު، ބިން ދޫކުރެވޭތާ 36 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ފަށަންޖެހޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް 2 ބައްދަލުވުމެއް ވަރޗުއަލްކޮށް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އަންނަ މަހުގެ 16 ވަނަ ދުވަހު ފުރަތަމަ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވާއިރު، ދެވަނަ ބައްދަލުވުން އޮންނާނީ މާރިޗު މަހުގެ 3 ވަނަ ދުވަހުއެވެ. އަދި މި ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެއް ބައްދަލުވުމެއް އޮންނަ ދުވަހުގެ ކުރިން އީމެއިލް ކުރަންޖެހޭނެއެވެ.
މީގެ އިތުރުން، ބީލަން ފޮތް ގަތުމުގެ ފުރުޞަތު އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން 31 މާރިޗުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 13:00 އަށް ފަތުރުވެރިކަމާބެހޭ ވުޒާރާގެ ރިސެޕްޝަނުން ލިބޭނެއެވެ. ބީލަން ފޮތަށް އެދޭ ފޯމު އެ މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
މި މަޝްރޫޢުތަކަށް ބީލަން ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ އަންނަ އެޕްރީލް މަހުގެ 1 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އެވެ. ބީލަން ހުށަހަޅަންޖެހޭނީ ޓޫރިޒަމް މިނިސްޓްރީއަށް ހާޒިރުވެގެންނެވެ. އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކަށް 29 މާރިޗު 2026 ގެ ކުރިން އީމެއިލް މެދުވެރިކޮށް ސުވާލު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެ
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


