ވިލިމާލޭގައި ހިންގި މާރަމާރިއަކާއި ގުޅިގެން ބަންގްލަދޭޝްގެ 4 މީހަކު ހައްޔަރުކޮށްފި
ފުލުުހުން ބުނީ، މިދިޔަ ހުކުރު ދުވަހު ހަވީރު ހަތަރެއް ޖަހާކަންހާއިރު ވިލިމާލޭގައި ހިންގި މާރާމާރީއަކާ ގުޅިގެން ބަންގްލަދޭޝްގެ ހަތަރު ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
Advertisement
އެއީ 21 އަހަރުގެ މީހަކާއި 32 އަހަރުގެ މީހަކާއި 35 އަހަރުގެ ދެ މީހެކެވެ.
އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އެ އެންމެންވެސް ދިހަ ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ވަކިވަކިން ހުރި ކޯޓު އަމުރުތަކުގައިވާ ގޮތުން މި ހަތަރު މީހުންވެސް ހައްޔަރުކުރީ އިޖުރާއަތާ އެއްގޮތަށެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


