މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ދެ ކްރޫޒްލައިނާއިން 1056 ފަތުރުވެރިން އައިސްފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
ރާއްޖެއަށް އެންމެ ފަހުން އައިސްފައިވަނީ ސްރީލަންކާގެ ކޮލަންބޯއިން އައި ކްރޫޒްލައިނާއެކެވެ. މި ކްރޫޒްލައިނާ ރާއްޖެ އައިސްފައިވަނީ ހުކުރު ދުވަހުއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ، އެމްއެސް ކްރިސްޓަލް ސިމްޕަނީ ނަމަކަށް ކިޔާ މި ކްރޫޒްލައިނާއިން ރާއްޖެއަށް 577 ފަތުރުވެރިންނާއި، 496 ފަޅުވެރިން އައިސްފައިވާކަމަށެވެ. އިމިގްރޭޝަނުން ވަނީ މި އެންމެންނަށް ކްލިއަރެންސް ދީފައެވެ.
މި ކްރޫޒްލައިނާ ރާއްޖޭގައި އެއް ދުވަހަށް މަޑުކުރާނެއެވެ. ކްރޫޒްލައިނާއިން އައި ފަތުރުވެރިން ވަނީ މާލެއަށް ފައިބާފައެވެ. މިއީ މިއަހަރު ރާއްޖެ އައި 2 ވަނަ ކްރޫޒްލައިނާއެވެ. ފުރަތަމަ ރާއްޖެއައި ކްރޫޒްލައިނާ ރާއްޖެ އައީ ސޭޝެލްސްއިންނެވެ. މި ކްރޫޒްލައިނާއިން ރާއްޖެއަށް 479 ފަތުރުވެރިންނާއި 491 ފަޅުވެރިން ވަނީ އައިސްފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


