މީހެއްގެ ބޭންކު އެކައުންޓް ހެކްކޮށް، 29،000އަށްވުރެ ގިނަ ރުފިޔާ ނެގި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.
އޭނާ ހައްޔަރުކުރީ، މިދިޔަ ސެޕްޓެމްބަރު މަހުގެ 29ވަނަ ދުވަހު، ފުލުހުންނަށް ހުށަހެޅި ސްކޭމްގެ މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލަ ހުށަހެޅީ، ވިޔަފާރިކުރާ މީހަކަށް ކަސްޓަމަރެއްގެ ގޮތުގައި ގުޅައި އޯޓީޕީ ފޮނުވަން ބުނުމުން، އޯޓީޕީ ފޮނުވި ފަހުން އެމީހާގެ ބޭންކު އެކައުންޓުން ފައިސާ ކެނޑިފައިވާކަމަށް ބުނެ އެވެ.
މި މައްސަލާގައި ގއ. ގެމަނަފުއްޓަށް ނިސްބަތްވާ. އުމުރުން 36 އަހަރުގެ ނަދީފް މުހައްމަދު، ރަންކޮކާގެ، ހައްޔަރުކުރީ، މިދިޔަ ޑިސެމްބަރު މަހުގެ 29ގަ އެވެ. އޭނާގެ ބަންދަށް ފުރަތަމަ ޖެހީ30 ދުވަހެވެ. އެކަމަކު މިއަދު ބަންދުގެ މުއްދަތު ހަމަވެގެން މިއަދު ބަންދު މުރާޖައާކުރަން ހުށަހެޅުމުން ހަތް ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވެ އެވެ.
މި މައްސަލައިގެ ތަފްސީލު އާންމުކޮށް ފުލުހުން މިއަދު ބުނީ، މިމައްސަލާގައި މިހާތަނަށް ބެލިބެލުމުން އެނގިފައިވާގޮތުގައި، ނަދީފް މުހައްމަދު ވަނީ، ވިޔަފާރިވެރިޔާގެ އެކައުންޓުން ނެގި، 29،600 އަށްވުރެ ގިނަ ފައިސާ އެހެން މީހެއް އެކައުންޓަށް ޖަމާކޮށް، އެކިފަހަރު މަތިން 24،700ރ އޭޓީއެމް މެދުވެރިކޮށް ނަގާފަ ކަމަށެވެ. އަދި، 4،900 އަށްވުރެ ގިނަ ރުފިޔާ އެހެން ފަރާތެއްގެ އެކައުންޓަށް ޖަމާކުރުމަށްފަހު އެފައިސާތައް ނަގާފައިވާ ކަމަށް ބުންޏެވެ.
މީގެއިތުރުން ފުލުހުން ބުނީ، ނަދީފް މުހައްމަދަކީ އެކި ފަރާތްތަކުގެ އަތުން ކޭޝްކާޑު ކުއްޔަށް ނަގައިގެން އޭޓީއޭމް މެދުވެރިކޮށް ސްކޭމްގެ ފައިސާ ނަގަމުންދާ މީހެއްކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ. މިމައްސަލަ އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ ކަމަށް ބުންޏެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


