ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އެ އެސޯސިއޭޝަންގެ ފައިސާތަކަކަށް ހިޔާނާތްތެރިވި މައްސަލާގައި ހަތަރު އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްވި ހުކުމް އިސްތިއުނާފުކޮށްފި އެވެ.
ބައްސާމް އަންނަނީ ހަތަރު މައްސަލައެއްގައި ޖުމްލަ 32 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރަމުންނެވެ. އެއީ މަނީ ލޯންޑްރިންގެ ދެ މައްސަލައަކާއި ހިޔާނާތްތެރިވުމުގެ ދެ މައްސަލައެކެވެ. ހަތަރު މައްސަލައިގެ ތެރެއިން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ އެންމެ ފުރަތަމަ އިއްވި ހަޔހަރު އަހަރުގެ ހުކުމެވެ.
އެއީ، ބައްސާމް އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރެ، އެފް.އޭ.އެމްގެ ނަމުގައި ބޭންކް އޮފް ސިލޯނުގައި ހުޅުވާފައިވާ އެކައުންޓަށް ފީފާގެ ފަރާތުން 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޮގަސްޓު މަހުގެ ތެރޭގައި ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން 10،000 އެމެރިކާ ޑޮލަރު ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް، އެ ފައިސާ ބޭނުން ކުރި މައްސަލައެވެ.
ހައިކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުން، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ކުރި މި ހުކުމް ބައްސާމްގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ ހަފްތާގައެވެ. އެ މައްސަލަ ބަލައިގަތުމާމެދު ހައިކޯޓުން އަދި ގޮތެއް ނުނިންމައެވެ.
ބައްސާމްގެ މައްޗަށް ފަހުން އިއްވީ ދެ މައްސަލައެއްގައި 23 އަހަރުގެ ހުކުމެކެވެ. އެއީ، ކޮވިޑް-19 ރިލީފް ލޯނެއްގެ ގޮތުން ކްލަބުތަކަށް ފައިސާ ދިނުމަށް ފީފާއިން ފަންޑު އެފްއޭއެމްއަށް ފޮނުވި ފައިސާއަށް ހިޔާނާތްވި މައްސަލާގައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


