ހާލު ދެރަވުމުގެ ސަބަބުން، އުމްރާއަށް ދިޔަ މީހުންގެ ތެރެއިން އެނދުމަތިކުރި އުމްރާވެރިޔާ މޯލްޑިވިއަންގެ ފުލައިޓެއްގައި މާލެ ގެނެސް، ފަރުވާދޭން ފަށައިިފިއެވެ.
އެ އުމްރާވެރިޔާ ރާއްޖެ ގެންނަން މަސައްކަތް ކުރަމުން އަންނަކަމަށް އިސްލާމުކް މިނިސްޓްރީން ވަނީ މިދިޔަ ހަފްތާގައި ބުނެފައެވެ.
އެ މީހާ މިދިޔަ ހޮނިހިރު ދުވަހު މާލެ ގެނައީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެއްގައެވެ. އެ މީހާގެ ބަލި ހާލު ހުރިގޮތުން އޭނާ މާލެ ގެނަން ފޮނުވި ފްލައިޓްގައި ރާއްޖެއޮން ޑޮކްޓަރަކާއި ނަރުހެއްވެސް ވަނީ ފޮނުވާފައެވެ. އެހެންނަމަވެސް މި މިހާގެ ބަލި ހާލަތާއި ގުޅޭ އިތުރު ތަފްސީލެއް ސާފެއް ނުވެއެވެ.
ސްކޫލް ބަންދާއި ދިމާކޮށް އުމްރާއަށް މިދިޔަ ޑިސެމްބަރުގައި ރާއްޖެއިން 7000 ވުރެ ގިނަ މީހުން އުމްރާއަށް ދިޔަކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. އޭގެތެރެއިން 2 މީހަކު ވަނީ މައްކާގައި ނިޔާވެފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


