މި އަހަރުގެ ތެރޭގައި ރާއްޖޭގައި 7 ރިސޯޓެއް ހުޅުވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
މި އައު ރިސޯޓުތަކާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ އެނދުގެ ޢަދަދަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ، މި އަހަރު ރާއްޖޭގައި އަލަށް ހުޅުވުމަށް ހަމަޖެހިފައިވާ ރިސޯޓުތަކުގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑުތަކުގެ ރިސޯޓުތައް ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި ރ. ރަންފުށީގައި ހުޅުވާ ބުލްގާރީ ބްރޭންޑުގެ ރިސޯޓާއި، ސިކްސް ސެންސަސް ކަނުހުރާ (ރަށްގިރި) އަދި ދިންމާގާ މޯލްޑިވްސް ފާހަގަކޮށްލެވެއެވެ.
މިއަހަރުގެ ތެރޭގައި 7 ރިސޯޓެއް ހުޅުވުމަށް ހަަމަޖެހިފައިވާއިރު، މިދިޔަ އަހަރު ރާއްޖޭގައި 6 ރިސޯޓެއް ވަނީ ހުޅުވާފައެެވެ. އޭގެތެރޭގައި ކ. ބޮލިދުއްފަރުގައި ހުޅުވި މަންޑަރިން އޮރިއެންޓަލް މޯލްޑިވްސްއާއި، ހއ. މަކުނުދޫ ފަޅުގައި ހުޅުވި ސޮނޭވާ ސީކްރެޓް އަދި ބ. އަތޮޅުގެ ނިއުހީ އެޓް ދިގުފަރު ހިމެނެއެވެ. މީގެ އިތުރުން މާލޭގައި ހުޅުވި ފަސް ތަރީގެ ރަލް ރީފް ރިސޯޓު ބައި ބާސެލޯއާއި، ރިއު ޕެލަސް ރިސޯޓުވެސް ފާހަގަކޮށްލެވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


