އެމްޓީސީސީ އާރުޓީއެލް ފެރީ ހުއްޓިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މިއަދު ގއ.ވިލިގިލިން ފުރައިގެން އެ އަތޮޅު ދެއްވަދޫއަށް ދަތުރުކުރަމުންދިޔަ ފެރީ ހުއްޓިގެން އުޅޭކަމުގެ މަޢުލޫމާތު ލިބުމާ އެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން ވަނީ ހާދިސާ ހިނގި ސަރަޙައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީ، އެ އުޅަނދު ގއ. ދެއްވަދޫއަށް ގެންގޮސްދީފައެވެ. މި ފެރީ ހުއްޓިފައިވަނީ ގއ.ދެއްވަދޫ ކައިރީގައި އޮންނަ ފަޅު ރަށެއްކައިރިއަށެވެ.
މި ފެރީގައި 45 މީހުން ތިއްބެވެ. އަދި އެއްވެސް މީހަކަށް މި ހާދިސާގައި އަނިޔާއެއް ލިބިފައި ނުވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


