އާ އަހަރު ފެށުން ފާހަގަކުރުމަށް މާދަމާ ރޭ ފަޔާ ވޯކްސްއާ އެކު ޑްރޯން ޝޯއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް ވިޒިޓް މޯލްޑިވްސްއިން މިއަދު ބުނެފި އެވެ.
މިދިޔަ އަހަރެކޭވެސް އެއްގޮތަށް މިއަހަރުވެސް ޑްރޯން ޝޯވއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ހަވާ އެރުވުމާއި، ތަފާތު ސަޤާފީ ހަރަކާތްތައް މި ފެސްޓިވަލްގެ ތެރެއިން ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މި ފެސްޓިވަލުގައި ފުޑް ސްޓޯލްތަކެއްވެސް ބެހެއްޓިފައި ހުންނާނެ ކަމަށް ވިސިޓް މޯލްޑިވްސްއިން ވިދާޅުވެއެވެ.
މި ފެސްޓިވަލަކީ، ދިވެހީންނާއި ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށްވެސް ބައިވެރިވެވޭނެ، ހުރިހާ ޢުމުރުފުރައަކާ ގުޅޭ، މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކަކާއެކު ކުރިއަށް ގެންދެވޭނެ ފެސްޓިވަލެއް ކަމަށް ވިސިޓް މޯލްޑިވްސްއިން ވިދާޅުވެއެވެ.
މި ފެސްޓިވަލާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވިސިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީ ވިދާޅުވީ، މިދިޔަ އަހަރުގެ ކާމިޔާބީއަށް ބަލައި މިއަހަރުގެ ފެސްޓިވަލުގެ ތެރެއިން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދި މި ފެސްޓިވަލަކީ، މިއަހަރު ތެރޭ ހޯދުނު ކާމިޔާބީތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ބާއްވާ ފެސްޓިވަލެއް ކަމަށެވެ.
މިއަހަރުގެ މި ފެސްޓިވަލަކީ ފަތުރުވެރިކަމުގެ ކާމިޔާބީތަކުގެ ތެރެއިން އެންމެ ބޮޑެތި ހިއްސާދާރުން ކަމުގައިވާ ފަތުރުވެރިކަމުގެ މަސައްކަތްތެރިންނާއި، އިންޑަސްޓްރީ ޕާޓްނަރުންނާއި، ލޯކަލް ކޮމިއުނިޓީތަކުގެ އަގު ޤައުމީ ފެންވަރުފައި ފާހަގަކުރުމަށް ބާއްވާ ފެސްޓިވަލެއް ކަމަށް ވިސިޓް މޯލްޑިވްސްއިން ވިދާޅުވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

