އާސަންދައިގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި، ޝަހީދު މުހައްމަދު އެ މަގާމުން ވަކިކޮށް, ބިޒްނަސް ސެންޓާ ކޯޕަރޭޝަން ލިމިޓެޑް (ބީސީސީ)ގެ ފުރަތަމަ ޗެއާޕާސަންގެ މަގާމަށް މިއަދު އައްޔަނުކުރައްވައިފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު ބުނީ، ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ)ގެ ބޯޑުގެ ޗެއާޕާސަން ކަމުގެ މަގާމަށް ޝަހީދު މުހައްމަދު އައްޔަންކޮށްފައިވާ ކަމަށެވެ.
ޝަހީދުގެ އިތުރުން އާސަންދައިން އިތުރު، ނޮން-އެގްޒެކްޓިވް ދެ މެންބަރަކުވެސް ވަނީ ވަކިކޮށްފައެވެ. އެއީ އއ.ރަސްދޫ، ފުނަ މާލެ، އަހްމަދު ޝާކިރާއި ކ. ގުރައިދޫ، ސީޕްރައިޒް، އާއިޝަތު ޖީނާއެވެ.
އޭގެ ތެރެއިން ޝާކިރު ވަނީ އައިލެންޑް އޭވިއޭޝަން ބޯޑުގެ ނޮން އެގްޒެކްޓިވް ބޯޑު މެންބަރުކަމަށް އައްޔަނު ކޮށްފައެވެ.
ޝަހީދަކީ އާސަންދަ ކުންފުނީގެ ޗެއާޕާސަން ކަމުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.
ބީސީސީއަކީ ދިވެހި ކުދި ވިޔަފާރިތައް ތަރައްގީ ކުރުމާއެކު ރާއްޖޭގެ އެކި ހިސާބުތަކުގައި ބޮޑެތި އިގްތިސާދީ ހަރަކާތްތައް ހިންގުމުގެ ފުރުސަތު ފަހި ކުރުމުގައި ހަރަކާތްތެރިވަމުން އަންނަ ކުންފުންޏެއްކަން ފާހަގަކޮށްލެވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




