ލަންކާއަށް އެހީތެރިވުމަށް މީޑިއާތައް ގުޅިގެން ކުރިއަށްގެންދިޔަ ސިލޯނާއެކު ދިވެހީން ޓެލެތޯނަށް ލިބުނު 8 ލައްކަ ޑޮލަރު ސްރީލަންކާއާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.
މި އެހީ ލަންކާއާ ޙަވާލުކޮށްދެއްވީ ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްޢޫދު އިމާދެވެ.
މި ޓެލެތޯނަށް ޖުމުލަ 834,843.98 ޑޮލަރު ލިބިފައިވެއެވެ.
37 މީޑިއާއެއް ގުޅިގެން ބޭއްވި މި ޓެލެތޯން ފެށީ ނޮވެންބަރު 30 ވަނަ ދުވަހުގެ ހެނދުނު 9:00 ޖެހިއިރުއެވެ. ޓެލެތޯން ނިންމާލީ ޑިސެންބަރުމަހުގެ އެއްވަނަ ދުވަހުގެ މެންދުރުފަހު 14:00ގައެވެ. މި ޓެލެތޯނަށް ގިނަ އަދަދެއްގެ ޢާންމު ރައްޔިތުންނާއި ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކާއި ކުންފުނިތަކާއި ކުލަބު ޖަމިއްޔާތަކާއި އޮފީސްތަކުގެ އިތުރުން މީޑިއާތަކުން ވަނީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.
މި8 ލައްކާ ޑޮލަރުގެ އިތުރު ދިވެހި ސަރުކާރުން ވެސް ވަނީ50،000 ޑޮލަރު ލަންކާއަށް ހަދިޔާކޮށްފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




