"އަމީނިއްޔާ"ގެ ނަމުގައި ސްކޭމް މެސެޖުތަކެއް ފޮނުވާތީ އެކަމަށް ސަމާލުވާން ފުލުހުން އެދިއްޖެއެވެ.
އަމީނިއްޔާ ސްކޫލުން ބެލެނިވެރިންނަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ، އެސްކޫލުގެ ނަމުގައި ދައުރުވަމުންދާ މެސެޖުގައި "މޯލްޑިވްސް ޕޯސްޓަށް ފައިސާ ދެއްކުމަށް ލިންކެއް" އަންނަ ކަމަށެވެ.
އަދި އެފަދަ އެއްވެސް ކަމެއްގައި ސްކޫލުން ލިންކެއް ނުފޮނުވާނެ ކަމަށް އަމީނިއްޔާ ސްކޫލުން ބުނެއެވެ.
އެކި ނަންނަމުގައި ފޯނަށް ލިންކުތައް ފޮނުވައިގެން އޮޅުވާލައިގެން ފައިސާ ފޭރުމުގެ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ. މިގޮތަށް ގޮތްނޭނގޭ ފަރާތްތަކުން މެސެޖު ފޮނުވަމުން ދަނީ، އެކި ވިޔަފާރިތަކާއި ސަރުކާރުގެ އިދާރާތަކުގެ ނަމުގައެވެ. އެހެންކަމުން މިފަދަ ލިންކުތަކަށް ސަމާލުވުމަށް ކަމާއި ގުޅުންހުރި އިދާރާތަކުން ޢިލްތިމާސްކުރައްވައެވެ.
ލިންކުތަކަށް ފިތާލުމުން ޢާންމުންގެ ބޭންކު އަދި އެނޫންވެސް ފޯނުގެ ޕާސްވޯޑުތައް ޖެހުމަށް އެދި އަންނައިރު މިއީ ފޯނު ހެކްކުރުމާއި، ބޭންކުގެ ޕިންތައް ނެގުމުގެ އުކުޅުތަކެއް ކަމަށް ފުލުހުން ބުނެއެވެ. އެހެންކަމުން މިފަދަ ލިންކުތަކަށް ނުވަނުމަށް ކަމާއި ބެހޭ ފަރާތްތަކުން ދަނީ ތަކުރާރުކޮށް ޢިލްތިމާސް ކުރަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




