މިދިޔަ ހަފްތާގެ ތެރޭގައި އެކަނިވެސް މާލެއާއި، ސިނަމާލެ ބްރިޖު އަދި ހައިވޭ ހިމެނޭނެހެން 54 އެކްސިޑެންޓު ހިނގާފައިވާ ކަަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިމަހު ނުވަ ވަނަ ދުވަހުން ފެށިގެން 15 އާއި މެދު 54 އެކްސިޑެންޓުގެ ހިނގާއިފައިވާ ކަމަށާ އޭގެ ތެރެއިން 51 އެކްސިޑެންޓަކީ ކުދި އެކްސިޑެންޓެވެ. އަނެއް އެކްސިޑެންޓަކީ ސީރިއަސް އެކަސިޑެންޓުތަކެވެ.
ރިޕޯޓު ކުރެވިފައިވާ އެކްސިޑެންޓުތަކަށް ބަލާއިރު މިމަހުގެ 9 ވަނަ ދުވަހު 12، 10 ވަނަ ދުވަހު 13، 11 ވަނަ ދުވަހު 3، 12 ވަނަ ދުވަހު 10، 13 ވަނަ ދުވަހު 8، އަދި 14 އާއި 15 އާއި ދެދުވަހުވެސ 4 އެކްސިޑެންޓުވަނީ ވެފައެވެ.
މި އެކްސިޑެންޓުތަކުގެ ތެރެއިން 47 އެކްސިޑެންޓު ހިނގާފައިވަނީ މާލޭގެ ސަރަހައްދުތަކުގައެވެ. އަދި ބާކީ 7 އެކްސިޑެންޓު ހިނގާފައިވަނީ ބްރިޖާއި ހައިވޭގައެވެ.
ފުލުހުން ބުނާގޮތުގައި ގިނަ އެކްސިޑެންޓު ހިނގާފައިވަނީ ދުވާލުގެ ވަގުތުތަކުގައެވެ. އެގޮތުން 43 އެކްސިޑެންޓު ދުވާލު އަދި 11 އެކްސިޑެންޓު ރޭގަނޑު ހިނގާފައިވެއެވެ.
މި މުއްދަތުގެ ތެރޭގައި އެންމެ ގިނަ އެކްސިޑެންޓު ހިނގާފައިވާ ވަނީ ސައިކަލާއި ކާރާއި ޖެހިގެންނެވެ. އެގޮތުން 15 އެކްސިޑެންޓު ހިގާފައިވެއެވެ. އަދި 2 ސައިކަލު ޖެހިގެން 13 އެކްސިޑެންޓު ހިނގާފައިވެއެވެ. ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އެކްސިޑެންޓުތަކުގައި ޖުމުލަ 8 ފަރާތަކަށް އެކި ވަރުގެ ޒަހަމް ލިބިފައިވާއިރު 43 އުޅަނދަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެއެވެ.
އެކްސިޑެންޓުތައް ގިނަވުމާއި ގުޅިގެން ފުލުހުން ވަނީ މަގުމަތީގައި އުޅޭއިރު ސަމާލުވުމަށާއި، މަގުމަތީގެ ގަވައިދުތަކަށް އަމަލު ކުރުމަށް ރައްޔިތުންނަށް އިލްތިޒާމްކޮށްފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




